އެމްއެންޑީއެފް

ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި

މަރިޔަމް ޝަހުދާ

ކ.އޮޅަހަލި ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 7:07ހާއިރު އެވެ. އެމްއެންޑީއެފުން ވަނީ މިއަދު އޮޅަހަލި ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރު ކުރި ދޯނި ވަނީ ކ.ކަގި ކައިރީ އޮންނަ ފަރަށް އަރާފައިވާކަމަށް މައުލޫމާތު ދީފައެވެ.

ފަރަށް އަރާފައި ވަނީ 52 ފޫޓުގެ ''ރޯދި'' ކިޔާ ދޯންޏެކެވެ. ދެ މީހުނާއެކު ދަތުރުކުރި އެ ދޯންޏަށް އެހީތެރިވުމަށް އެމްއެންޑީއެފުން ކުރި މަސައްކަތުން މިއަދު ހެނދުނު 9:25 ހާއިރު ދޯނި ފުންކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.