ނިއުޒިލެންޑްގެ މިސްކިތްތަކެއްގައި ބަޑީގެ ހަމަލާތަކެއް ދީފިއެވެ.
ނިއުޒިލެންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތަކަށް ހަމަލަ ދީފައިވާއިރު މިހާތަނަށް ހަމަލާތަކުގައި މަރުވި އަދި ޒަހަމްވި މީހުންގެ މައުލޫމާތެއް ނިއުޒިލެންޑްގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާ ދިންކަމަށް ބެލެވޭ ހަތަރު މީހަކު ހަތްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ. ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނާއި އަންހެނެކެވެ.
ނިއުޒިލެންޑްގެ ކްރިސްޗާޗް ކުއްލި ހާލަތަކަށް ގެނެސްފައިވާ އިރު، އެގައުމުގެ ބޮޑުވަޒީރު ޖެސިންޑަރ އާރޑެން ވަނީ މިއީ ނިއުޒިލެންޑަށް ކުރިމަތިވި އަނދިރި ދުވަހެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ނިއުޒިލެންޑްގެ ފުލުހުން ވަނީ މިސްކިތްތަކަށް ދިން ހަމަލާތައް ތަހުގީގު ކުރަން ފަށައިފައެވެ. ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. އެގޮތުން ބަޑިން ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯތައް އެއްވެސް މީސްމީޑިއާގެ ވަސީލަތްތެއްގައި ޕަބްލިޝްނުކޮށް ފުލުހުންނާ ހަވާލުކުރުމަށް ވަނީ އެދިފައެވެ.
ނިއުޒިލެންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތަށް ހަމަލާދީފައިވަނީ ބަޑި ބޭނުންކޮށްގެން ކަމަށް ރިޕޯޓުތަކުން ބުނާ އިރު، އެސަރަހައްދުން އައިއީޑީތަކެއް ފެނިފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.