އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އޭނާއަށް ދީފައިވާ ސެކިއުރިޓީ އުވާލަން އެދެފިއެވެ. ހިލަރީ ސެކިއުރިޓީ އުވާލަން އެދުނީ މިދިޔަމަހު އެމެރިކާގެ ސެނެޓް ޖުޑިޝަރީއަށް ފޮނުވި ސިޓީއެއްގައެވެ.
ހިލަރީގެ ތަރުޖަމާނު ނިކް މެރިލް ވަނީ ޓްވިޓާގައި މިކަމުގެ ސަބަބު ހާމަ ކޮށްފައެވެ. ތަރުޖަމާނުގެ ޓްވީޓުގައި ބުނީ، ހިލަރީ އޭނާގެ ސެކިއުރިޓީ އުވާލަން ނިންމީ ކުރިން އެމެރިކާގެ ނޭވީގައި އުޅުމަށްފަހު ރިޓަޔާ ކޮށްފައިވާ މެކްރެވެން ދަ ވޮޝިންޓަން ޕޯސްޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރީގެ ސީ އައި އޭގެ ޑިރެކްޓަރުގެ ސެކިއުރިޓީ ކަނޑާލުމާއި ގުޅިގެން މެކްރެވެން ހިތްހަމަ ނުޖެހުން ފާޅުކުރުމާއި ގުޅިގެން ކަމަށެވެ. މެކްރެވެން އަކީ ހިލަރީ ނުހަނު އިހުތިރާމު ކުރައްވާ ބޭފުޅެއްކަމަށް ތަރުޖަމާނުގެ ޓްވިޓާގައި ފާހަގަ ކުރިއެވެ.
ސްޓޭޓް ޑިޕާޓްމަންޓަށް ފޮނުވި ސިޓީގައި ހިލަރީވަނީ ވަގުތުން އޭނާގެ ނިންމުން ކަނޑައަޅައިދިނުމަށް އެދިފައެވެ. އެސިޓީގައި ސިޔާސީ ކަންކަމުގައި ސެކިއުރިޓީ ބޭނުން ނުވާ ކަމަށާއި މިނިންމުމަކީ ގައުމަށް ރަނގަޅަކަށް ނިންމި ނިންމެވުމެއް ކަމަށް ވަނީ ފާހަގަކުރައްވައިފަ އެވެ.