ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލު ނުވުމަށް ޕީއެންސީން ގޮވާލައިފި އެވެ.
އެޕާޓީން މިހެން ގޮވައިލީ މިއަދު ކުރި ޓުވީޓެއްގަ އެވެ.
ޕީއެންސީން ވަނީ ސަރުކާރުން ޔާމީންގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލު ނުވުމަށް ގޮވާލައި ވީ އެންމެ އަވަހަކަށް ރައީސް ޔާމީނަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފަ އެވެ.
ޕީއެންސީން ރައީސް ޔާމީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައި ވަނީ ރައީސް ޔާމީން ހަދަން ޑޮކްޓަރުން އަންގާފައިވާ ބައެއް ޓެސްޓުތައް ރާއްޖެއިން ހެދެން ނެތުމުން ކަމަށް އެ ޕާޓީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވަނީ އިއްޔެ ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވަނީ ރައީސް ޔާމީން ބަންދުގައި ބަހައްޓަނީ މަޖިލިސް އިންތިޚާބުގައި އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގަތުމުން ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެކަން ސަރުކާރަށް ޔަގީންވާތީ ކަމަށް ވެސް ތުހުމަތުކުރައްވައިފަ އެވެ.