ސައުދުﷲ ހިލްމީ

ކެމްޕޭން އޮފީހުގެ ނަމުގައި ހުތުރު ބަހުން މުއާމަލާތް ކުރާތީ ސަމާލުވުމަށް ސައުދުﷲ އެދިވަޑައިގެންފި

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްްޔޫމަށް ނިސްބަތްވާ އެމްއާރުއެމްގެ ފަރާތުން ގދ. ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ، ކެންޑިޑޭޓް ސައުދުﷲ ހިލްމީގެ ކެމްޕެއިން އޮފީހުގެ ނަމުގައި މީހުުންނަށް ގުޅައިގެން ހަޑި ހުތުރު ބަހުން މުއާމަލާތް ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް ސައުދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެ ގޮތަށް މަސައްކަތް ކުރަމުންދަނީ ކޮންބައެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމީހުން އެކުރަނީ ގޮތް ކުޑަ ފިނޑި އަމަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަން ކުށްވެރިކޮށް ސައުދުﷲ ވަނީ އެކަން ހުއްޓައިލުމަށް ގޮވާލައްވައިފައެވެ. އެ މީހުން އެ ހިންގާ ކަންތައްތަކަށް ސަމާލު ވުމަށްވެސް ދައުދުﷲ ވަނީ އޭނާއަށް ތާއީދު ކުރާ ފަރާތްތަކަށް ގޮވާލައްވައިފައެވެ.

"އަޅުގަނޑުގެ ކެމްޕެއިން އޮފީހުގެ ނަމުގައި ކޮންބައެއްކަން ނޭނގޭ ބަޔަކު އެކި މީސް މީހުންނަށް ގުޅައިގެން އެމީހުންނާއި ހަޑި ހުތުރު ބަހުން މުއާމަލާތް ކުރަމުންދާ ޚަބަރު ލިބެމުންދާތީ އެކަމަށް ސަމާލުވުމަށް ދަންނަވަން. އެބަޔަކު އެކުރާ ގޮތްކުޑަ ފިނޑި އަމަލު ހުއްޓާލުމަށް ގޮވާލަން. ސައުދުއްﷲ ވިދާޅުވި އެވެ.