ދުނިޔެ

149 ފަސިންޖަރުންނާއެކު ދަތުރުކުރި އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓެއް ވެއްޓިއްޖެ

މުހައްމަދު އައުޒަމް

149 ފަސިންޖަރުންނާއެކު ދަތުރުކުރި އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓެއް ވެއްޓިއްޖެއެވެ.

އިތިއޯޕިއާގެ ވެރިރަށުން ފުރައިގެން ކެންޔާގެ ނައިރޯބީއަށް ދަތުރުކުރި މިފްލައިޓް ވެއްޓިފައިވަނީ ފްލައިޓު ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައިކަމަށް އިތިއޯޕިއަން އެއާލައިންސްގެ އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

ބޯއިންގ 737 މަރުކާގެ އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓް ވެއްޓުނު އިރު 149 ފަސިންޖަރުންނާއި 8 ފަޅުވެރިން ތިބިކަމަށް އިތިއޯޕިއަން އެއާލައިންސްގެ އޮފިޝަލުން ވަނީ މައުލޫމާތުދީފައެވެ.

ރެސްކިއު އޮޕަރޭޝަން ފަށާފައިވާއިރު މިހާތަނަށް ސަލާމަތްވީ ކިތައް މީހުންކަމެއް ސާފުވެފައެއް ނުވެއެވެ. މީޑިއާ ރިޕޯޓްތަކުން ބުނެފައި ވަނީ މިހާތަނަށް 90 މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އިތިއޯޕިއަން އެއާލައިންސްއިން މިކަން ކަށަވަރުކޮށްފައެއް ނުވެއެވެ.