ދުނިޔެ

ތޫފާން މައިކަލް ފްލޮރިޑާގެ މެކްސިކޯބީޗް ސުންނާފަތިކޮށްލައިފި

މުހައްމަދު އައުޒަމް

ބާރުގަދަ ތޫފާން މައިކަލް ފްލޮރިޑާގެ މެކްސިކޯބީޗް ސުންނާފަތިކޮށްލައިފިއެވެ.

މެކްސިކޯގެ ހެޑް އޮފް ފެޑަރަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ ބްރޮކް ލޯންގް މީޑިއާއަށް މައުލޫމާތު ދެމުން ބުނީ މެކްސިކޯ ބީޗް އެއްކޮށް ދޮވެލާފައިވާ ކަމަށެވެ. އަދި އެސަރަހައްދުގެ ހުރިހާ އިމާރާތްތައް ބިމާ ހަމަވެފައިވާ ކަމަށެވެ.

ތޫފާނުގެ ސަބަބުން ދެ މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އެކުއްޖާ މަރުވީ ޖެހެމުންދިޔަ ގަދަ ވަޔާ އެކު އައި އެއްޗެއް އެކުއްޖާގެ ބޮލުގައި ޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކެޓަގަރީ ހަތަރެއްގެ ތޫފާން މައިކަލް، މެކްސިކޯ ބީޗަށް އަރަމުން ދިޔަ އިރު، ވައިޖެހެމުން ދިޔައީ ގަޑިއަކު 155 މޭލުގެ ބާރުމިނުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެސަރަހައްދުގެ ރައްޔިތަކު ސީއެން އެން އާ ވަހަކަދައްކަމުން ބުނީ އެންމެ ވައިގަދަވި ވަގުތު އޭނާއަށް ފެނުނީ ގެތަކާއި ކާރުތަކާއި ގަސްތައް އުދުހޭ މަންޒަރު ކަމަށެވެ. އަދި އޭނާގެ ގެއަށް ފެންގަނޑު ވަދެގެން ދިޔައީ ކޮންޓްރޯލް ނުވާހާ ބާރުމިނުގައި ކަމަށެވެ. ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކޮށްފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު ތޫފާން ގެ ސަބަބުން ތާށިވެފައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެސްކިއު ޓީމްތައް ހަރަކާތްތެރިވަމުން ދާއިރު ގެއްލުން ލިބުނު ސަރަހައްދު އެމީހުން ސިފަކޮށްފައި ވަނީ ހަނގުރާމަ މަތީ ސަރަހައްދެއް ގޮތުގަ އެވެ.

މުއާސަލާތީ ހިދުމަތާއި ކަރަންޓު ކެނޑިފައިވާ އިރު ފްލޮރިޑާގެ ތިން ލައްކަ އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.