އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީގެ މެންބަރުން ވަކިކުރަން 1065 މީހުންގެ ސޮޔާއެކު ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފި

އިބްރާހިމް ޒަކީ

1

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރަން 1065 މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހާއި ރައީސުލް ޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަންގެ ކަންތަކުގައި އިސްކޮށް އުޅުއްވި، މަރިޔަމް ޝުނާނާ "ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެއީ އެބޭފުޅުން ކުރެއްވި ހަތްގަޑިއެއްްހާއިރުގެ މަސައްކަތުން ސޮއިކޮށްފައިވާ މީހުން ކަމަށާއި، ޕެޓިޝަންގައި ސޮއިކުރުމަށް އެއްވެސް ފަރާތަކުން ދެކޮޅު ހަދާފައި ނުވާ ކަމަށެވެ.

އަދި އެ ޕެޓިޝަންގައި މާލޭގައި ދިއިރުޅޭ ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން ސޮއިކޮށްފައިވާއިރު އައްޑޫގެ ރައްޔިތުން ތަކެއްވެސް ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕެޓިޝަންގައި ވާ ރައްޔިތުންގެ ކަންބޮޑުވަމަށް އެއްވެސް ކަމެއް ނުކޮށް މަޖިލީހުގެ މެންބަރު ތިއްބަވައިފާނެތީ ކަންބޮޑުވާ ކަމަށާއި އެކަން އެހެން ދާނަމަ އިތުރަށް އެކަން ބެލެން އޮތް ގޮތަކުން ބައްލަވާނެ ކަމަށެވެ.

މި ޕެޓިޝަންގައި ވަނީ ރާއްޖޭގައި ހިނގި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އޭސީސީ އިހުމާލުވެފައިވާ ކަމަށެވެ.

އޭސީސީގެ މެންބަރުންނަށްވެސް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ކަމަށާއި، އެހެންކަމުން އޭސީސީގެ މެމްބަރުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ރައީސަށާއި މަޖިލީހުގެ މެންބަރުންގެ ކިބައިން އެދޭކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.

އޭސީސީގެ މެންބަރުން ވަކި ކުރުމަށްއެދި ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ ބާރު ގާނޫނުއަސާސީން ދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟