އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ކަމުގެ މަގާމުގައި އަހުމަދު ޝަރީފު ހުންނަވައިގެން އެއްވެސް ފަރާތަކަށް ކެމްޕެއިން ކޮށްދެއްވުމަކީ އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް ފުށު އަރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިފަދައިން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޓުވީޓުގައި ވިދާޅުވެފައިވަނީ އީސީގެ މެންބަރު އިސްމާއީލް ހަބީބު، މިހާރު އެހުންނެވި މަގާމު ދެއްވަން ނިންމި ނިންމުމަކީ މަޖިލީހުގެ މެޖޯރިޓީ އޮތް ފަރާތްތަކުން ނިންމި ނިންމުމެއް ކަމަށެވެ.