އާސަންދަ

މި ސަރުކާރުން ކުންފުންޏެއްގެ ފުރަތަމަ އަންހެން އެމްޑީ އަކަށް މަރިޔަމް ޝަފީގު

އަހުމަދު ޖައިޝަން

3

މި ސަރުކާރުން، ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމަށް ހަމަޖެއްސެވި ފުރަތަމަ އަންހެން ބޭފުޅަކަށް މ. މާފުށީގެ، މަރިޔަމް ޝަފީގު ވެވަޑައިގެންފި އެވެ.

މަރިޔަމް ޝަފީގު މިއަދު ވަނީ އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމަށް ހަމަޖައްސަވާފައެވެ.

ކުރީން މަރިޔަމް ޝަފީގު ހުންނެވީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ސީއީއޯގެ މަގާމުގައެވެ.

އާސަންދަގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން ވަނީ އެކުންފުނީގެ ބޯޑަށް ވެސް ދެ މެންބަރުން މިއަދު ވަނީ ހަމަޖައްސައިފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު ބުނެފައިވަނީ އެކުންފުނީގެ ނޮން އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމަށް ހ. އައިބަހާރުގެ، އާމިލާ ލަތީފާއި މއ. ވިކްޓްރީ، މުހައްމަދު އާމިރު ހަމަޖައްސާފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟