އިސްލާމިކް މިނިސްޓްރީ

ތިބާގެ ކޮނޑަކީ ލާދީނީ މީހުންގެ ސަވާރީއަކަށް ހެދިޔަ ނުދެއްވާ: ޝައިޚު ޝަފީއު

ޝަހީދާ އަބްދުﷲ ސައީދު

ތިބާގެ ކޮނޑަކީ ލާދީނީ ސެކިއުލާ ހިޔާލުގެ މީހުންގެ ސަވާރީއަކަށް ނުހެދުމަށް އައްޝައިޚު ޝަފީއު އަބްދުﷲ ގޮވައިލައްވައިފިއެވެ.

އައްޝައިޚު ޝަފީއު އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ލާދީނީ ސެކިއުލާ މީހުންގެ ނުފޫޒު ފަތުރަމުންދާ ކަމަށެވެ. އަދި ދީނީ ހިޔާލުގެ ބައެއް މީހުން ވަނީ އެމޮޔަ ހަދާފައި ކަމަށް ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން ދީނީ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާއިރު ދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމުގެ ވާހަކަ ނުދައްކަވާ އިލްމުވެރިން ތިބި ކަމަށް ބުނާ މައްސަލައަށް ރައްދު ދެއްވަމުން ޝަފީއު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ އިލްމުވެރިންގެ ދަރުސްތަކާއި ޕޯސްޓްތައް އަޑުއަހައި މީހަކަށް އެއީ ދޮގެއްކަން އެނގޭނެ ކަމަށެވެ.

އަދި ރާއްޖޭގެ އިލްމުވެރިން ދީނީ ގޮތުން ވާހަކަ ނުދައްކަވާ ކަމެއް ނެތް ކަމަށާއި ބައެއް މީހުން ކަނު ކަމަށާއި ބީރު ކަމަށް ހެދިގެން އުޅެނީ ކަމަށް ޝަފީއު ވިދާޅުވިއެވެ.