ކޮކާ ކޯލާގެ ޝެއަރ އަ ކޯކް ވިތް ކެމްޕެއިން މިއަދު ލޯންޗުކޮށްފިއެވެ.
ނެޝަނަލް އާރޓް ގެލަރީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޤަނީ އެވެ. އަކްރަމް އާ އެކު އޭނާގެ ދެ ބޭބެ ކަމުގައިވާ އަންވަރު އަބްދުލް ޤަނީ އަދި އައްސަދު އަބްދުލް ޤަނީ ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ "ބްރޯ" ކޯކް ފުޅިއެއް ޝެއަރ ކޮށްފައެވެ.
ޝެއަރ އަ ކޯކް ވިތް ކެމްޕެއިނަކީ ކޯކު ފުޅި ލޭބަލްގައި އާންމުކޮށް މީހަކަށް ހަދިޔާއެއް ދިނުމަށް އަމާޒުކޮށްގެން ދޭއިރު ބުނެވޭ ނަންތަކަށް އިސްކަން ދީގެން ކޯކް ފުޅި ބްރޭންޑްކޮށްފައިވާ ކެމްޕެއިނެކެވެ. "މަމް"، "ޑޭޑް"، "ބީއެފްއެފް"، "ހަނީ"، "ސިސް"، "ބްރޯ"، "ކޯޗް"، "މެންޓަރ"، "ޑަރލިން"، "ބޭބީ"، "ވައިފީ"، "ސަން" ފަދަ ނަންނަތައް މި ކެމްޕެއިންގައި މިއަދު ވަނީ ތައާރަފު ކޮށްފައެވެ.
އަދި ޤައުމީ ޓީމަށް ހާއްސަކޮށް "ޗެމްޕިއަން"ގެ ނަމުގައި އެޓީމަށް ހާއްސަ ކޯކުފުޅި ވަނީ ނެރެފައެވެ. ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް މީގެ ފުޅިއެއް ލިބޭނެ ކަމަށް ކޮކާ ކޯލާއިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވަނީ ޝެއަރ އަ ކޯކް ވިތް ކެމްޕެއިންގެ އިސްތިހާރު ވެ-ސް ލޯންޗްކޮށްފައެވެ.
ކޮކާ ކޯލާ ކުންފުންޏަކީ މާލޭ އެރޭޓަޑް ވޯޓަރ ކޮމްޕެނީގެ ދަށުން ރާއްޖޭގައި ހިންގާ ކުންފުންޏެކެވެ. ކޮންމެ އަހަރަކު އެކި ދުވަސްވަރާ ގުޅުވައިގެން ކޮކާ ކޯލާއިން އަންނަނީ އެކި ކެމްޕެއިންތައް ލޯންޗްކުރަމުންނެވެ.