މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު ކަމަށް އަވަސް އޮންލައިންގެ މެނޭޖިން އެޑިޓަރު ކަމުގެ މަގާމުގައި ހުންނެވި ނާއިފު، އިންތިޚާބުކޮށްފިއެވެ.
ނާއިފު އެމަގާމަށް އިންތިޚާބުކޮށްފައިވަނީ މީޑިއާ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރައްވައިގެންނެވެ.
މިއަދު ބޭއްވި އިންތިހާބުގައި ނާއިފުއަށް 63 ވޯޓް ލިބުނު އިރު ނާއިފުއާ ދެން ވާދަކުރެއްވި ''ނޫނު އިންފޯ'' އޮންލައިނުގެ އަހުމަދު ނައުޝާދުއަށް ލިބުނީ ނުވަ ވޯޓެވެ.
މީޑިއާ ކައުންސިލްގެ މި ބައި އިލެކްޝަަން ބޭއްވީ އެ ކައުންސިލްގެ މެންބަރު ކަމުގައި ހުންނެވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަލީ ޔޫސުފުގެ މެންބަރު ކަމުގެ ދައުރު ހަމަވެގެންނެވެ.
އަލީ ޔޫފުސުގެ ކުރިން އެ ގޮނޑި ފުރުއްވެވީ އަވަސް އޮންލައިންގައި ކުރިން މަސައްކަތް ކުރެއްވި މުހައްމަފު އަފްޒަލެވެ.