ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ އިނދަޖެހިގެންދަނީ ސަރުކާރާުގެ ނާގާބިލު ކަމާ ހެދި ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ބުނެފިއެވެ.
ޕީއެންސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިމާރާތްކުރުމުގެ ދާއިރާއަށް ނުހަނު ގިނަ ކުރިއެރުން ލިބެމުންދަނިކޮށް މިސަރުކާރުގެ ނާގާބިލުކަމާހެދި މުޅި އިންޑަސްޓްރީ އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށެވެ.
ޕީއެންސީން މިފަދަ މޭރުމަކުން ޓުވީޓު ކުރައްވައިފައިވާއިރު، މިއަދު ވަނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރަމުން އަންނަ ފުލެޓެއްގެ ނުވަވަނަ ބުރިން ވެއްޓި ޗައިނާގެ ރައްޔިތަކު މަރުވެފައެވެ.
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ އިހުމާލުން ފަހަކަށް އައިސް ހިތާމަވެރި ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
އަދި އެފަދަ ހާދިސާތައް ހިނގުން މަދުކުރުމަށް ސަރުކާރުން އަންނަނީ އިމާރާތްކުރުމުގެ މަސައްކަތް ކުރާ ސައިޓުތައް ބަލައި ފާސްކުރަމުންނެވެ. އެގޮތުން ގައިވައިދާ ހިލާފަށް މަސައްކަތްކުރަމަުންދާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅައިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.