މުހައްމަދު އައުޒަމް
އައިސީޔޫގައި ފަސްމަސް ދުވަހު ބޭއްވުމަށްފަހު ދުނިޔޭގެ އެންމެ ކުޑަ ބޭބީ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
އުފަންވީ އިރު ބަރުދަނުގައި 268 ގްރާމް ހުރި ދުނިޔޭގެ އެންމެ ކުޑަ ބޭބީ ހޮސްޕިޓަލުން ދޭކޮށްލި އިރު އެތައް ބަޔަކުވަނީ ހައިރާންވެފައެވެ. ބަނޑަށް 24 ހަފްތާގައި ބޭބީ ހެދިބޮޑުވުން ހުއްޓުމާ ގުޅިގެން ޖަޕާންގެ ކެއިޔޯ ޔުނިވާސިޓީ ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ އިމަޖެންސީގައި އޮޕަރޭޝަން ކުރުމަށްފަހު އެކުއްޖާ ނަގައިފައެވެ.
ޑޮކްޓަރުން ވެސް ވަނީ މިއީ އަޖައިބުން ފުރިގެންވާ ބޭބީއެއް ކަމަށް ބުނެފައެވެ. އުފަންވުމަށް ފަހު މިހާތަނަށް މިބޭބީ ގެންގުޅުނީ އައިސީޔޫގައި މެޝިންތަކުގެ އެހީގައެވެ.
ކެއިޔޯ ޔުނިވާސިޓީ ހޮސްޕިޓަލުން ބުނާގޮތުގައި އެބޭބީ ހޮސްޕިޓަލުން ދޫކޮށްލިއިރު ބަރުދަނުގައި 3.2ކިލޯ ހުއްޓެވެ.
1936 ވަނަ އަހަރަށްފަހު ދުނިޔޭގައި މިހާތަނަށް 23 ބޭބީއެއް 300 ގްރާމަށް ވުރެ ބަރުދަން ލުއިކޮށް އުފަންވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ޑަބްލިއު އެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ދުނިޔޭގައި އުފަންވާ ކުދިންގެ ބަރުދަނުގައި އެވެރެޖުކޮށް ތިން ކިލޯ ހުރެއެވެ.