ދުނިޔެ

ޕާކިސްތާނުން އަތުލައިގަތް އިންޑިއާ ޕައިލެޓް މިނިވަންކޮށް އިންޑިއާއާ ހަވާލުކޮށްފި

މުހައްމަދު އައުޒަމް

ޕާކިސްތާނުން އަތުލައިގަތް އިންޑިއާ ޕައިލެޓް މިނިވަންކޮށް އިންޑިއާއާ ހަވާލުކޮށްފިއެވެ.

ކަޝްމީރުގެ މައްސަލައިގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ މައްސަލަބޮޑުވެ ބަދަލު ހިފުމުގެ ގޮތުން އެއްގައުމު އަނެއް ގައުމަށް ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިނުމަށް ބޭނުންކުރި ޖެޓު ވައްޓާލުމަށްފަހު އޭގެ ޕައިލެޓު ވަނީ އަތުލައިގެންފައެވެ.

ޕައިލެޓު އަތުލައިގަތުމާގުޅިގެން މިދެގައުމު ދެމެދުގައި އުފެދުނު މައްސަލަ އިތުރަށް ގޯސްވިއެވެ. ޕައިލެޓު ދޫކުރުމަށް އެކިފަރާތްތަކުގެ ފިއްތުންތައް ކުރިމަތިވަމުންދިއުމާއެކު ޕާކިސްތާނުން ވަނީ ޕައިލެޓު ދޫކޮށް އިއްޔެ އިނޑިއާއާ ހަވާލުކޮށްފައެވެ.

ޕާކިސްތާނުން އިންޑިއާ ޕައިލެޓު މިނިވަން ކުރުމުން އިންޑިއާއިން ވަނީ މަރުހަބާ ކިޔައިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ އުފާ ފާޅުކުރުމަށް އިންޑިއާ-ޕާކިސްތާން ބޯޑަރުސަރަހައްދަށް އެއްވެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ އެގައުމުން އިންޑިއާގެ ޕައިލެޓު މިނިވަންކުރީ ސުލްހައިގެ ރަމްޒެއްގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް ވަނީ ޕައިލެޓަށް މަރުހަބާ ވިދާޅުވެފަ އެވެ. މޯދީގެ ޓްވީޓުގައި ވަނީ ޕައިލެޓުގެ މަސައްކަތަށް ތައުރީފުކޮށް އިންޑިއާ ސިފައިންނަށް ހިތްވަރުދީފައެވެ.

ކަޝްމީރުގެ މައްސަލާގައި ދެގައުމުގެ ދެމެދު ހަމަނުޖެހުން އުފެދިފައިވާތާ އެތަކެއް ދުވަހެއް ވެފައިވާއިރު ދާދިފަހުން އިންޑިއާގައި ޖާނުންފިދާވެގެން ދިން ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 40 މީހުން މަރުވުމާގުޅިގެން ދެގައުމު ދެމެދުގައި އުފެދިފައިވާ މައްސަލަ އިތުރަށް ވަނީ ގޯސްވެފަ އެވެ.