ދުނިޔެ

އިނގިރޭސިވިލާތުގައި ސުއިސައިޑް ޕްރެވެންޝަން މިނިސްޓަރެއް އައްޔަންކޮށްފި

މުހައްމަދު އައުޒަމް

ދުނިޔޭގެ ފުރަތަމަ ސުވިސައިޑް ޕްރެވެންޝަން މިނިސްޓަރު އިނގިރޭސިވިލާތުގައި އައްޔަންކޮށްފިއެވެ.

ސުއިސައިޑް ޕްރެވެންޝަން މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ އެގައުމުގެ މިހާރުގެ ހެލްތް މިނިސްޓަަރު އަދި ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރު ޖެކީ ޑޮއިލް ޕްރައިސް އެވެ.

ސުއިސައިޑް ޕްރެވެންޝަން މިނިސްޓަރުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެނީ ސުއިސައިޑް މައްސަލަތަކުގެ ތަޖުރިބާކާރުންނާ އެކީ މަސައްކަތްކޮށް އަމިއްލައަށް އަމިއްލަ ނަފުސަށް އަނިޔާދޭ މީހުން ސަލާމަތްކޮށްދޭ ފަރާތްތަކާއި ޗެރިޓީތަކުގެ އިތުރުން ސިއްހީގޮތުން ވެސް އެހީތެރިކަން ބޭނުން ޖެހިފައިވާމީހުންގެ ކަންކަން ސަރުކާރުގެ ފަރާތުން ބެލުމެވެ.

ޑޮއިލް ޕްރައިސް، މަގާމާއި ހަވާލުވުމަށްފަހު ދެއްވި ފުރަތަމަ ބަސްދީގަތުމުގައި ވިދާޅުވީ ކުރިން ހެލްތް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރުވެސް ސުއިސައިޑް މައްސަލަތަށް ގިނަ އަދަދަކަށް ރިޕޯޓު ކުރާކަމަށާއި އަދި އެކަމުން ސަލާމަތްވާ މީހުންނާ ވެސް ދިމާވެފައިވާކަމަށެވެ. އެމީހުންގެ ވާހަކަތަށް އަބަދުވެސް ހަނދާނުގައި ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި އަހަރަކު 4500 އަށް ވުރެން ގިނަ މީހުން އަމިއްލައަށް މަރުވެ އެވެ.