އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓު އަތުލައިގެންފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ހއ. ކެލާގެ އިރުއުތުރުން 103 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އީއީޒެޑް އިން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށަށް މިރޭ ގެނެސްފައިވާ ކަމަށެވެ.

އަތުލައިގަތް ދެ މަސްބޯޓު ހދ. ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި 20 ގަޑިއިރު ތެރޭ އެ މަސްބޯޓުތައް ކުޅުދުއްފުއްޓަށް ކައިރި ކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ ދެ މަސްބޯޓު އެމްއެންޑީއެފް އިން އަތުލައިގެންފައިވަނީ މިރޭ 11:30 ހާއިރެވެ.