މެކްސިކޯ ކަނޑުގެ ސަރަހައްދުގައި އުފެދުނު ތޫފާން މައިކަލް އެމެރިކާގެ އިރުއުތުރުގައި އޮންނަ ފްލޮރިޑާ ޕެންހޭންޑަލް އަރައިފިއެވެ.
ކެޓެގަރީ ހަތަރެއްގެ ބާރުމިނުގެ މި ތޫފާން މިހާރުވަނީ ފްލޮރިޑާގެ އައްސޭރިފަށަށް އަރައި ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ތޫފާން ފުރަތަމަ ފްލޮރިޑާއަށް އެރިއިރު މިހާ ބާރުގަދަ ނޫންކަމަށް އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރުން ބުނެ އެވެ. އަދި ރައްކާތެރިހިސާބުތަކަށް މީހުން ގެންދެވޭނެ ފަދަ ހާލަތެއް ނުތުމުގެ ސަބަބުން އެތައް ބަޔަކުވަނީ ނުރައްކަލުގައި ތާށިވެފައެވެ.
ނެޝަނަލް ހަރިކޭން ސެންޓަރުން ބުނީ ގޮތުގައި ތޫފާން މައިކަލްގެ ބާރު ކުރިޔަށް އޮތް ތަނުގައި އަދިވެސް ގަދަވާނެ ކަމަށާއި ގަޑިއަކު 150 މޭލަށް ވައިގަދަވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
ފްލޮރިޑާގެ ގަވަރުނަރުވަނީ މިތޫފާނަކީ ވޭތުވެދިޔަ 10 އަހަރުތެރޭ އެސަރަހައްދަށް އެރި އެންމެ ބޮޑު ތޫފާން ކަމަށް ބުނެފައެވެ.