ދުނިޔެ

ޕާކިސްތާނުން އިންޑިއާގެ ދެ ޖެޓު ވައްޓާލައި، ޕައިލެޓަކު އަތުލައިގެންފި

އަހުމަދު ޖައިޝަން

ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ދެ އަސްކަރީ ޖެޓު ވައްޓާލައިފި ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ދެ ޖެޓު ވައްޓާލާފައިވާއިރު އެއް ޕައިލެޓުވެސް ވަނީ އަތުލައިގެންފައި ކަމަށެވެ.

"ޕާކިސްތާނުގެ އެއާފޯސް އިން މިއަދު ސްޓްރައިކް ކޮށްފައިވަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ ލައިން އޮފް ކޮންޓްރޯލުން،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ ކުރީން ޕާކިސްތާނު އާމީގެ ސްޕޯކްސްޕާސަން މޭޖަރ ޖެނެރަލް އާސިފް ގަފޫރު ވިދާޅުވީ އިންޑިއާގެ ދެ ޖެޓު ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ. ޕާކިސްތާނުން މިހެން ބުނެފައިވާއިރު ދާދި ފަހުން އިންޑިއާއިން ބުނެފައިވާގޮތުގައި ޕާކިސްތާނުގެ ތިނަކަށްވުރެ ގިނަ ކޮމްބެޓް ޖެޓު ވަނީ އިންޑިއާގެ އެޑްމިނިސްޓާރ ކަޝްމީރުގެ ވައިގެ ސަރަހައްދަށް ވަދެފައެވެ.

ޕާކިސްތާނުން އަސްކަރީ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ދީ އިންޑިއާގެ އުތުރުގެ ސަރަހައްދުން ހަތަރަކަށްވުރެ ގިނަ އެއާޕޯޓު ވަނީ ބަންދުކޮށްފައެވެ.