އެންޓި ކޮރަޕްޝަން ކޮމިޝަން

އަބްދުއްރަހީމް އޭސީސީއަށް ހާޒިރުކޮށްފި

މަރިޔަމް ޝަހުދާ

1

މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، އަދުރޭ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހާޒިރުކޮށްފި ކަމަށް މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

އާރިފް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓް ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފިނަމަ ވޯޓު ކަރުދާސް ބާތިލްވާގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހުގެނައުމަށް ޕީޕީއެމްގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. އާރިފް ވަނީ އަދުރޭ ވަނީ މިހާރު އޭސީސީއަށް ހާޒުރުކޮށްފައި ކަމަށާއި މިއަދު 11:00އަށް އޭނާއަށްވެސް އޭސީސީއަށް ހާޒިރުވާން އަންގާފައިވާކަމަށެވެ. އަދި ދެން އަންގާނީ ފުލުހަށް ހާޒިރުވާން ކަމަށާއި، އެއަށްފަހު ފެންނާނީ ހައްޔަރު ކުރާތަންކަމަށް އާރިފް ވިދާޅުވިއެވެ. މި ސަރުކާރުން ކަން ކުރަނީ އިންސާފުން ނޫންކަމަށް އޭނާ ވިދާޅުވެފަވެއެވެ.

އަލީ އާރީފްގެ ވާހަކައިގައި ވަނީ ސަރުކާރުން ކަންކުރާގޮތަށް ފާޑު ވިދާޅުވެ، ސަރުކާރަށް އެތައް ތުހުމަތު ތަކެއް ކުރައްވާފައެވެ. އާރިފް ވަނީ ސަރުކާރުގެ ބޭފުޅުން ވޯޓުގެ ސައްހަކަން ބެލުމަށް އެއްބާރުލުން ދޭނަމޭ ބުނި ނަމަވެސް، ވަޒީފާއިން ވަކި ކުރާނެކަމުގެ ބިރު ދައްކައިގެން ވޯޓު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން އޭސީސީން ހާމަކުރި އެމްއެމްޕީއާރުސީގެ ރިޕޯޓުގައި މި ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންގެ އިތުރުން އިސް މަގާމުގައި ތިއްބެވި ބޭފުޅުންނަށްވެސް ފިޔަވަޅެއް ނާޅުއްވާ ހަމައެކަނި ގޭގައި މަޑުކޮށްލައްވަން އަންގާފައިވާ އިރު، ހަމަ އެ މައްސަލައިގައި ރައީސް ޔާމީން ހައްޔަރު ކުރުމަކީ މި ސަރުކާރުގެ ހަމައާއި އިންސާފެއް ނެތްކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟