އެމްއެންޑީއެފް

ހިތަދޫން ހާލުބޮޑު ބަލި މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްފި

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 10:30 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 46 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އެ މީހާ މާލެ ގެނެސްދީފައި ވަނީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމީހާ މާލެ ގެނެސް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.