އެމްއެންޑީއެފް

ވެލި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ބަންޑުންޖަހާލައިފި

ވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ބަންޑުންޖަހާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ "ކުރިމަގު" ނަމަކަށް ކިޔާ ދޯނި ބަންޑުންޖަހާލާފައި ވަނީ މާލޭ ކޮމާޝަލް ބަނދަރު ސަރަހައްދަށް ކަމަށާއި އެވަގުތު ދޯނީގައި ހަތް މީހުން ތިބި ކަމަށެވެ. އެއީ ހަ ބިދޭސީންނާއި ދިވެއްސެކެވެ.

އަދި ދޯނި ބަންޑުންޖަހާލުމާ ގުޅިގެން ދޯނީގައި ތިބި ހަ މީހަކު އެސްޓީއޯ ޒިބްރާ ޓަގަށް ނަގާފައިވާކަމަށާއި އެކަކު ކޯސްޓްގާޑު ލޯންޗަށް ނަގާފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ހާދިސާގައި ބިދޭސީއެއްގެ ކަށިމަތި ކުޑަކޮށް މަށައިގެން ގޮސްފައިވާ ކަމަށާއި އިތުރު މީހަކަށް އަނިޔާ ނުވާކަމަށް ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 8:45 ގައި ކަމަށެވެ.