"ރަން ވިތް އަސް"

ވިމް ކޮކޯ ޝީކް ރަން ވިތް އަސް 2019: ކޮކޯ ޝީކް ސްޓޯލުން އެޕޮއިންޓްމަންޓް ހެއްދުމުން %10 ޑިސްކައުންޓް

މުހައްމަދު އައުޒަމް

ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ކޮކޯ ޝީކް ސްޓޯލުން އެޕޮއިންޓްމަންޓް ހަދާ ފަރާތްތަކަށް %10 ޑިސްކައުންޓް ލިބޭނެ ކަމަށް އެފަރާތުން ބުނެފިއެވެ.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް)އިން އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާ ކޮކޯ ޝީކް "ރަން ވިތް އަސް 2019" ކުރިޔަށްދާ ވަގުތު އެސަރަހައްދުގައި ހުންނަ ކޮކޯ ޝީކްގެ ސްޓޯލު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭނެކަމަށް ކޮކޯ ޝީކުން މައުލޫމާތު ދެއެވެ. އަދި އެޕޮއިންޓްމަންޓް ހަދާ ފަރާތްތަކަށް އެ ސެލޫނުން %10 ޑިސްކައުންޓް ދޭނެކަމަށް ވަނީ ބުނެފައެވެ.

ވިމް "ރަން ވިތް އަސް 2019"ގެ ޕްލެޓިނަމް ސްޕޮންސަރަކީ ކޮކޯ ޝީކް ސެލޫނެވެ.

ކޮކޯ ޝީކް ސެލޫނުންވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދައިފައެވެ. އެސެލޫނުން ދެމުން އަންނަ ހިދުމަތްތައް ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭނެ ގޮތަށް އަންނަނީ ފުޅާ ކުރަމުންނެވެ. އެގޮތުން ކޮކޯ ޝީކުން ވަނީ މޫނު ތާޒާކޮށް މޫނުގައި ހުންނަ ލައް ފަދަ އެއްޗެހި ނައްތާލާ "ހައިޑްރޯ ފޭޝަލް"ގެ ހިދުމަތްވެސް ފަށާފައެވެ. އެހެން ސެލޫންތަކާ ހިލާފަށް ކޮކޯ ޝީކް ސެލޫންގައި ހަމުގެ ހާއްސަ ކްލިނިކެއް ގާއިމް ކޮށްފައި ވެއެވެ.

ކޮކޯ ޝީކުން އާތްރައިޓްސް ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކްރަޔޯ ތެރަޕީގެ ހިދުމަތް ތައާރަފުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ކްރަޔޯ ތެރަޕީން އާތްރައިޓިސް އަދި މަސްތަކުގައި ތަދު ހުންނަ ނަމަ ހާއްސަ މެޝިނެއްގެ އެހީގައި އެ ތަދު ފިލުވައިލައެވެ. މިހިދުމަތް ތައާރަފްކުރާއިރު ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާނީ ކަމުގެ ތަޖުރިބާކާރު ފަރާތްތަކުން ކަމަށް ވެސް ކޮކޯ ޝީކުން ބުނެއެވެ.

ހުރިހާ ފަންތިއެއްގެ ފަރާތްތަކަށް ހިދުމަތް ދިނުމަށް ކޮކޯ ޝީކުން ވަނީ ހާއްސަ ވީއައިޕީ ރޫމެއްގެ އިތުރުން ބްރައިޑަލް ރޫމެއްގެ ހިދުމަތް ދިނުމަށް ހަމަޖައްސައިފައެވެ. އަދި މިސެލޫންގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ހިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

"ރަން ވިތް އަސް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.