ޓްރެވަލް

އިންޑިއާގެ ޕޫނޭ އާއި ރާއްޖެއާ ދެމެދު އަންނަ މަހު ދަތުރުތައްފަށަނީ

މުހައްމަދު އައުޒަމް

އިންޑިއާގެ ޕޫނޭ އާއި ރާއްޖެއާ ދެމެދު އަންނަ މަހު ދަތުރުތައް ފަށަން ނިންމައިފިއެވެ.

އިންޑިއާގެ ބަޖެޓު އެއާލައިން އިންޑިގޯއިން އިންޑިއާގެ ޕޫނޭ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމަށް ހަމަޖައްސައިފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

އިންޑިގޯއިން އިންޑިއާގެ ޕޫނޭއާ ރާއްޖެއާ ދެމެދު ކުރާދަތުރުގެ ދިގުމިނަކީ 10 ގަޑިއިރެވެ.

އިންޑިގޯގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އިންޑިގޯއިން މާލެއިން ކޮޗިންއަށް ހަފްތާގެ ހަތްދުވަހު ދަތުރުކުރެއެވެ. އަދި ހަފްތާއަކު ދެ ދުވަހު މުމްބާއިން މާލެއަށް ދަތުރު ކުރެއެވެ. އަދި ހަފްތާއަކު ތިންދުވަހު ބެންގަލޫރަށް ދަތުރުކުރާނެ ކަމަށް އިންޑިގޯއިންވަނީ ބުނެފައެވެ. އިންޑިގޯގެ ދަތުރުތަކުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.