ދުނިޔެ

މިދިޔަ އަހަރު ތައިލެންޑަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 35.54 މިލިއަނަށް

މުހައްމަދު އައުޒަމް

މިދިޔަ އަހަރު ތައިލެންޑަށް 35.54 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ކޮށްފިއެވެ.

2024 ވަނަ އަހަރު ތައިލެންޑަށް 35.54 މިލިއަން މީހުން ޒިޔާރަތްކުރި އިރު މިއީ އެ ގައުމަށް 2023 ވަނަ އަހަރު ދަތުރުކުރި ފަތުރުވެރިންނަށްވުރެ 26.27 އިންސައްތަ އިތުރު އަދަދެކެވެ.

ތައިލެންޑުގެ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސްޕޯޓްސްއިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން އެނގޭގޮތުގައި، އެގައުމުން މިދިޔަ އަހަރު އަމަލުކުރަން ފެށި ވިސާއަށް ގެނައި ލުއި ތަކުގެ ސަބަބުން ފަތުރުވެރިން އަންނަ ނިސްބަތް ބޮޑުތަނުން އިތުރުކުރެވިފައިވާކަމަށް ވަނީ ފާހަގަވެފައެވެ.

މިދިޔަ އަހަރު ތައިލެންޑަށް އެތެރެވި ފަތުރުވެރިންގެ ތެރެއިން 6.73 މިލިއަން މީހުންނަކީ ޗައިނާ މީހުންނެވެ. އެ ގައުމަށް މެލޭޝިއާއިން 4.95 މިލިއަން ފަތުރުވެރިން އެތެރެވެފައިވާއިރު އިންޑިއާއިން ވަނީ 2.12 މިލިއަން މީހުން ތައިލެންޑަށް އެތެރެވެފައެވެ.

ތައިލެންޑަށް އެތެރެވި ފަތުރުވެރިންގެ ފަރާތުން އެގައުމަށް 1.67 ޓްރިލިރަން ތައި ބާތުގެ އާމްދަނީއެއް ލިބިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.