މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އިސްމާއީލް ފައުޒީ އައްޔަންކޮށްފިއެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރި އިސްމާއީލަކީ ފާއިތުވެދިޔަ 22 އަހަރު ވަންދެން މަސައްކަތްކުރެއްވި ބޭފުޅެކެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް އިއްޔެ އިސްމާއީލް އައްޔަންކޮށްފައިވާ އިރު، އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު އާޝާން ވަނީ އައްޔަންކޮށްފައެވެ.
އިއްޔެގެ ވަގުތެއްގައި ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ޕަބްލިކް ރިލޭޝަން އިސްމާއީލް ސޯދިގު ވިދާޅުވީ އާޝާން މިފްކޯއަށް ބަދަލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގެ ދަށުން ކަމަށެވެ.
ސާކިއުލާގައިވާ ގޮތުން ކުންފުނި ހަރުދަނާ ކުރުމުގެ ގޮތުން އެކި ބަދަލުތައް ގެނެވޭނެ ކަމަށް ބުނެފައިވެއެވެ.