ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިޝްތިހާރު ކުރުމަށް ޚާއްސަ ޕެކޭޖެއް "މަޖިލިސް 19"ގެ ނަމުގައި ވަން އޮންލައިނުން މިއަދު ހުޅުވާލައިފި އެވެ.
މި ޕެކޭޖުގެ ދަށުން ކެންޑިޑޭޓުންގެ އިޝްތިހާރުތައް ފަށަން ވަން އޮންލައިނުން ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އިޝްތިހާރުތައް ކުރިޔަށް ގެންދާނީ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު 06:00އާ ހަމައަށެވެ.
"ވަން އޮންލައިން"ގެ މާކެޓިން ޑިޕާޓުމަންޓުން ބުނީ، ރައްޔިތުންގެ މަޖިލިސް ފަދަ ބޮޑު އަދި ގައުމީ އިންތިޚާބެއް އަންނަ އިރު، އޭގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފަސޭހަ ކަމާއެކު އިޝްތިހާރު ކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ވަން އޮންލައިނުން މި ތައާރަފުކުރާ ޕެކޭޖުގެ ދަށުން ކެންޑިޑޭޓުންނަށް ވަރަށް ފަހި އަދި ފުޅާ ފުރުސަތުތަކެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ވަން އޮންލައިނުން ކެންޑިޑޭޓުންނަށް ތައާރަފުކުރާ "މަޖިލިސް 19" އިޝްތިހާރު ޕެކޭޖު ބަހާލައިފައި ވަނީ ދެބަޔަކަށެވެ. އެއީ "ސިލްވަރ ޕެކޭޖް" އަދި "ގޯލްޑް ޕެކޭޖް" އެވެ.
ވަން އޮންލައިނުން މަޖިލިސް ކެމްޕޭނަށް އިޝްތިހާރުކުރުމަށް ޕެކޭޖު ނެންގެވުމުން ނޫހުގައި އެ ކެންޑިޑޭޓަކަށް ސްލޮޓު ދިނުމުގެ އިތުރުން ފޭސްބުކް އަދި ޓުވީޓާގައި ވެސް އެ ކެންޑިޑޭޓު ޕްރޮމޯޓުކޮށްދޭނެ އެވެ.
މި ފުރުސަތު ބޭނުންފުޅު ފަރާތްތަކުން ގުޅުއްވާނީ "ވަން އޮންލައިން"ގެ ހޮޓްލައިން ނަންބަރު 7943663 އަށެވެ.