މާލެއިން ފުރައިގެން އައްޑޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއް، ހުވަދޫ ކަނޑުގައި އިންޖީނު ހުއްޓުމާ ގުޅިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ 8 މީހުންނާއެކު ފުރައިގެން އައްޑޫއަށް ދަތުރުކުރި 80 ފޫޓުގެ ބޯޓެއްގެ އިންޖީނު ހުއްޓިގެން ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:33 ގައި ކަމަށެވެ.
މި ދުވަސްވަރު ކަނޑުމަތީގެ ހާދިސާތައް ވަނީ އާދަޔާ ޚިލާފަށް ގިނަވެފަ އެވެ.