އަބްދުއްލަތީފް މުހައްމަދު

ރައީސްކަން ކުރާ ކޮންމެ ބޭފުޅަކު ޖަލަށް ލުމުގެ ސަގާފަތް ދޫކޮށްލަން ޖެހޭ: ލަތީފް

2

ރައީސްކަން ކުރާ ކޮންމެ ބޭފުޅަކު ޖަލަށް ލުމުގެ ސަގާފަތް ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ލަތީފް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށް އިއްޔެ މާފުށީ ޖަލަށް ވަނީ ގެންގޮސްފައެވެ.

ލަތީފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޔާމީނުގެ ބާރާއި ނުފޫޒުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ދިން އަނިޔާ ހިތުން ނުފިލާނެ ކަމަށާއި ނަމަވެސް މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށް ގޮވާލާ ކަމަށެވެ.

"ރައީސް ޔާމީނުގެ ބާރާއި ނުފޫޒުން 12 މެމްބަރުންނަށް ދިން އަނިޔާ ހިތަކުން ނުފިލާނެ. ނަމަވެސް މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލަން. ރައީސްކަން ކުރާ ކޮންމެ ބޭފުޅަކު ޖަލަށް ލުމުގެ ސަގާފަތް ދޫކޮށްލަން ޖެހޭ،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން ހައްޔަރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށްދިނުމަށް އެދި އެމަނިކުފާނުގެ ގާނޫނީ ޓީމުން މިއަދު ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟