އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ ވަގުތު މިއަދު 2 ޖެހިއިރު ހަމަވިއިރު އަށް ކެންޑިޑޭޓަކު ކުރިމަތިލައްވައިފިއެވެ.
މިއީ ރާއްޖޭގައި ގިނަ ޕާޓީތައް އެކުލެވޭ ނިޒާމު ތައާރަފުވެ، ގިނަ ކެންޑިޑޭޓުން ކުރިމަތިލައްވައިގެން އިންތިހާބުތައް ބާއްވަން ފެށި ފަހުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އަހަރެވެ. މީގެ ކުރީން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކޮށްފައިވަނީ 2008 ވަނަ އަހަރެވެ. އެ އިންތިހާބުގައި ހަ ކެންޑިޑޭޓުން ކުރިމަތިލެއްވިއެވެ.
މި ފަހަރުގެ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ދަ ޑިމޮކްރެޓްސް، އެމްއެންޕީ އަދި ޕީއެންސީއެވެ. އަދި އަމިއްލަ ގޮތުން ތިން ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.
އިންތިހާބުގައި ވާދަކުރައްވަން ކުރިމަތިލެއްވި ބޭފުޅުން:
ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމާފައި ވަނީ ސެޕްޓެމްބަރު 30ގައެވެ.
އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ރައީސް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ 58 ޕަސެންޓުގެ ވޯޓާ އެކު އެވެ. ޕީޕީއެމް އަށް އެފަހަރު ލިބުނީ 41 ޕަސެންޓުގެ ވޯޓެވެ.