ކޯސްޓްގާޑް

22 މީހުންނާއެކު މަހަށް ދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓިގެން ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ބާވީސް މީހުންނާއެކު މަހަށް ނުކުމެ އުޅުނު ދޯންޏެއްގެ އިންޖީނު ހުއްޓިގެން ކޯސްޓްގާޑުން މިއަދު ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކު ކައިރިން 22 މީހުންނާއެކު މަހަށް ނުކުމެ އުޅެނިކޮށް ފުވައްމުލަކު ''މައްތި 2'' ނަމަކަށް ކިޔާ އެދޯނި އިންޖީނު ހުއްޓިގެން އޮޮޔާދާތީ ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ މިއަދު 11:15 ގައި ކަމަށެވެ.

އެހާދިސާގެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ފަސް މީހުންނާއެކު މިއަދު މަހަށް ނުކުމެ އުޅުނު ދޯންޏެއްގެ ބުރަފަތި ބިންދައިގެން ދިއުމުން ވެސް ކޯސްޓްގާޑުން މިއަދު ވަނީ އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.