އެމްއެންޑީއެފް

ކުޅުދުއްފުށިން ހާލުބޮޑު ބަލި މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްފި

ޝަހީދާ އަބްދުﷲ ސައީދު

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު މިއަދު 12:25 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 46 އަހަރުގެ އަންހެނެއް ކަމަށެވެ.

މި މީހާ މާލެ ގެނެސްދީފައި ވަނީ ސިއްހީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުން ކަމަށް ބުނެފައިވެއެވެ.

މި މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްދީފައެވެ.