ޝަހީދާ އަބްދުﷲ ސައީދު
ތިން ބާޣީއެއްގެ ހީލަތްތެރިކަން މުޅި ގައުމަށް ފަތުރާފައިވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ފެއްސާއި ހުދާއި ރަތްކުލަ ބޭނުންކޮށްގެން ނުކުމެ އުޅޭ ޕާޓީއެއްވެސް ނާންގާ ތިން ބާޣީއަކު ގޮވަމުންދަނީ ''އޭ ރައްޔިތުންނޭ އަޑުއަހާށޭ ތިމަންނަމެންމީ ކޯލިޝަންގެ ކެންޑިޑޭޓުންނޭ ވޯޓު ދޭށޭ. މިތިން ޣައްދާރުންނަށް ހޭއަރާތި،'' މުސްތަފާ މިއަދު ކުރެއްވި ޓުވީޓުގައި ވެއެވެ.
ވަކި ބޭފުޅެއްގެ ނަން ހާމަނުކުރައްވައި މުސްތަފާ މިފަދަ މޭރުމަކުން ވިދާޅުވެ ޓުވީޓު ކުރެއްވި އިރު، ފެއްސާއި ހުދާއި ރަތްކުލަ ދިދައިގައި ހުރި ހަމައެކަނި ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ސަރުކާރު ކޯލިޝަންގެ އެއް ލީޑަރުވެސްމެއެވެ.