ތިން އަހަރު ރައްޓެހިވެގެން އުޅުމަށްފަހު މަގުބޫލު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ އާއި ބަތަލު އޯލަންޑޯ ބްލޫމް އެންގޭޖް ވެއްޖެއެވެ.
ކެޓީ ވަނީ އިންސްޓަގްރާމުގައި އަނގޮޓީއާ އެކު އޯލަންޑޯއާއި އޭނާގެ ފޮޓޯ ހިއްސާކޮށް އެންގޭޖްވި ވާހަކަ ޕޯސްޓުކޮށްފައެވެ. ކެޓީގެ ޕޯސްޓް ކެޕްޝަނުގައި އޮތީ "ފުލް ބްލޫމް" ޖަހާފައެވެ.
"ޓްރޯއީ"ގެ ބަތަލު އޯލަންޑޯވެސް ވަނީ ހަމަ އެ ފޮޓޯ ހިއްސާކޮށް "ލައިފްޓައިމްސް" ކެޕްޝަނުގައި ޖަހާފައެވެ
ކެޓީ ވަނީ މީގެ ކުރިން ބަތަލު ރަސެލް ބްރޭންޑްއާ ކައިވެނި ކޮށްފައެވެ. އަދި އޯލެންޑޯ ވަނީ މޮޑެލެއް ކަމަށްވާ މިރަންދާ ކޭރް އާ ކައިވެނި ކޮށްފައެވެ.