އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެއިލްވެފައިވާ ކަމަށް ބުނެ މެމްބަރުން އިސްތިއުފާ ދިނުމަށް ގޮވާލައި މިއަދު މުޒާހަރާކޮށްފި އެވެ.
މިއަދު ހަވީރު ކާނިވާ ސަރަހައްދުން ފެށި އެ މުޒާހަރާއަކީ ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ އިސްކޮށް ހުންވައިގެން ކުރިއަށްދިޔަ މުޒާހަރާއެކެވެ.
އާންމުންގެ ފަރާތްތަކުން ގިނަ ބޯޑުތަކާއެކު ބައިވެރިވި އެ މުޒާހަރާގައި ގޮވާލާފައިވަނީ ކޮރަޕްޝަން ހުއްޓުމާއި އޭސީސީ މެމްބަރުން ބޭރު ކުރުމަށެވެ.