ޝަހީދާ އަބްދުﷲ ސައީދު
ޑީގްރީއެއް އޮތް ދަރިވަރަކަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދޭ ސްކީމުގެ ދަށުން ކިޔެވުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ހަޔާއެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފުރަތަމް ޑިގްރީއަށް ހިލޭ ކިޔަވައި ދިނުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނު ވިދާޅުވީ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީން މިއަދުން ފެށިގެން ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު އިބްރާހީމް ހަސަން ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވައިލި އިރު މިއަދުން ފެށިގެން ގައުމީ ޔުނިވާސިޓީއާއި ޕޮލިޓެކްނިކުން ފޯމު ލިބެން ހުންނާނެ ކަމަށާއި އަދި ހަޔާއެޑިއުކޭޝަން މިނިސްޓްރީގައި އެކަމާ ބެހޭ މައުލޫމާތު ސާފުކުރުމަށާއި ފޯމު ހުށަހެޅުމަށް ވަކި ޑެސްކެއްވެސް ހުންނާނެ ކަމަށެވެ.
މީގެއިތުރުން މިއަހަރުގެ ތެރޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވާނެ ކަމަށް ލަފާކޮށްފައިވަނީ ދިހަ ހާސް ދަރިވަރުން ކަމަށާއި އެކަމަށް 156 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.