އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓުގެ ތަފްސީލް: ދައުލަތަށް އަދި ލިބުނީ އެންމެ 12 މިލިއަން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލަ އޭސީސީން ބެލުމަށްފަހު އެކަމުގެ ރިޕޯޓް މިއަދު ވަނީ އާއްމު ކޮށްފަ އެވެ.

އެ ރިޕޯޓްގައިވާގޮތުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، ރަށްތަކާއި އެތައް ފަޅުތަކެއް ވަނީ ދޫކޮށްފަ އެވެ.

އޭސީސީގެ ރިޕޯޓްގައި ބުނެފައިވަނީ، 57 ރަށެއްގެ މައްސަލަ ބަލާފައިވާއިރު، އެ ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށެވެ.

ނަމަވެސް އެ ރިޕޯޓްގައި ބުނެފައިވަނީ، އެފައިސާގެ ތެރެއިން އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރު ކަމަށެވެ.

އޭސީސީ ރިޕޯޓްގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީއަށް ނުލިބި 59.4 މިލިއަން ޑޮލަރު އެބަ އޮތް ކަމަށެވެ.

776 ސަފްހާގެ އެ ރިޕޯޓް ގައި މި ބޮޑު ހިޔާނާތުގައި، ކޮށްފައިވާ މުއާމަލާތްތަކާއި، އެ މުއާމަލާތްތަކުގައި ފައިސާ ޖަމާކޮށްފައިވާ އެކައުންޓްތަކާބެހޭ މައުލޫމާތުތައް ވެސް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ރަށްތަކާއި، ފަޅުތަކުގެ އިކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދުތައްވެސް ވަނީ ބަޔާން ކޮށްފަ އެވެ.

ރިޕޯޓުގައި ބުނާ ގޮތުން އެސްއޯއިފް ކުންފުނީން ފައިސާގެ މުއާމަލާތްކޮށްފައިވާ ކުންފުނި ތަކުގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ސިޔާސީ އެތައް ބަޔަކާއި އާންމުން ހިމެނެ އެވެ.

އިތުރު ތަފްްސީލް އަންނަނީީ....