ޚަބަރު

ދެ ޑޯނިއާ ފައްތައިގެން ކުޑަގިރީ ފަޅުގައި ޑައިވް ސައިޓެއް ހަދަނީ

1

މާލޭ މީހުން ދަތުރުދިއުމަށް ހާއްސަކޮށްގެން ހަދާފައިވާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑުގެ ފަޅު ތެރެއަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ރެކެއް ތަރައްގީކުރަން ނިންމައިފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެންނެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ، ކުޑަގިރި ފަޅުތެރެއަށް ދެ ޑޯނިއާ ފެއްތުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ނައީމް ވިދާޅުވީ، ކަނޑުއަޑީގެ އިތުރު ރެކްތައް ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.

ކުޑަގިރީ ފަޅުތެރެއަށް ފައްތަނީ އެއާ މޯލްޑިވްސް އިން ގެންގުޅުނު އަދި މިހާރު ހަލާކުވެ ވީރާނާވެފައިވާ ދެ ޑޯނިއާއެވެ. އެ ދެ ޑޯނިއާ މިހާރު ބާއްވާފައި އޮތީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފަރުކޮޅުފުށި ސަރަހައްދުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟