ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި އިންތިހާބު ބާތިލްކުރުމަށް އަމުރެއް ނެރެދިނުމަށް އެދި ޕީޕީއެމް އިން މާދަމާ ހައި ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޕޯޓްތައް ބުނަމުންދަނީ ޕީޕީއެމްގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ކަމަށެވެ.
އިންތިހާބު ބާތިލްކޮށް، އާ އިންތިހާބެއް ބޭއްވުމަށް އެދި އަމުރެއް ނެރެދިނުމަށް ހައި ކޯޓަށް މައްސަލަ ހުށަހަޅާ ވާހަކަތަކަކީ ތެދަކަށް ވެއްޖެއްޔާ، މާދަމާއަކީ ބޮޑު ދުވަހަކަށް ވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.