މާރިޔާ އަހްމަދު ދީދީ

ޑިފެންސް މިނިސްޓަރު މާރިޔާ މަޖިލީހަށް ހާޒިރުކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

2

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް މިއަދު ނޯޓިސް ފޮނުވައިފިއެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު، ބޭނުންވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމާއި ރާއްޖޭގެ ކަނޑާއި އިގުތިސާދީ ހާއްސަ ސަރަހައްދު ހިމާޔަތްކުރުމާއި ގުޅޭ ގޮތުން މިނިސްޓަރު މާރިޔާ ކުރައްވާ މަސައްކަތާ ބެހޭ ގޮތުން ސުވާލުކުރެއްވުމަށެވެ.

މިނިސްޓަރު މާރިޔާގެ އިތުރުން ފުލެޓްތަކާ ބެހޭ ގޮތުން ސުވާލުކުރުމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާވެސް މަޖިލީހަށް ހާޒިރުކުރުމަށް އިއްޔެ ވަނީ ނޯޓިސް ފޮނުވައިފައެވެ. މިނިސްޓަރު އާތިފާ ހާޒިރުކުރަން މަޖިލީހަށް ނޯޓިސް ފޮނުވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ވަޒީރަކާ ސުވާލު ކުރުމަށް ނޯޓިސް ފޮނުވައިފިނަމަ ޖަވާބުދާރީވެވަޑައިގަތުމަށް އޭނާއަށް ސާދަ ދުވަހުގެ މުހުލަތެއް ދޭން ޖެހެއެވެ. އެހެންކަމުން މިނިސްޓަރު މާރިޔާ މަޖިލީހަށް ހާޒިރުކުރާނީ މިމަހުގެ 25ގައެވެ. އަދި ހައުސިން މިނިސްޓަރު އާތިފާ ހާޒިރުކުރާނީ މިމަހުގެ 24 ގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟