އައްޑޫ ސިޓީގައި ސައިކަލު އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވި ކުއްޖާ އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލް ''ވަންއޮންލައިން''އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެކްސިޑެންޓްގައި ބޮލަށް އަނިޔާވި ހަ އަހަރުގެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވަނީ ހެލިކޮޕްޓަރުގައި، މިއަދު 10:30 އެހާކަށްހާއިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކުއްޖާ އައިޖީއެމްއެޗަށް މިހާރު ގެންގޮސްފައިވާކަމަށެވެ.
އެކުއްޖާ މާލެ ގެނެސްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުއެވެ.
''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުފީދު ވިދާޅުވީ ބޮލަށް އަނިޔާވެގެން މިއަދު ގެނައި ހަ އަހަރުގެ ފިރިހެން ކުއްޖަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ އަންނަ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.