ހުސްނުއްސުއޫދު

އިންކަމް ޓެކްސް ނަގަންފެށުމަކީ ވަގު ވިޔަފާރިތައް ހުއްޓުވަން އެޅޭނެ އެންމެ ބޮޑު ފިޔަވަޅު: ސުއޫދު

ޝަހީދާ އަބްދުﷲ ސައީދު

އިންކަމް ޓެކްސް ނަގަން ފެށުމަކީ ވަގު ވިޔަފާރިތައް ހުއްޓުވަން އެޅޭނެ އެންމެ ބޮޑު ފިޔަވަޅު ކަމަށް ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ، އިންކަމް ޓެކްސް ނަގާނެ ގޮތުގެ ބިލެއް މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އަންނަ އަހަރު ޓެކްސް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ސޯލިހުއަށް މަރުހަބާ ދަންނަވައި، ސުއޫދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންކަމް ޓެކްސް ނަގަން ފެށުމަކީ ރާއްޖޭގައި މިހާރު ހިންގަމުންދާ ކޮރަޕްޝަނާއި ބިދޭސީ ވަގު ވިޔަފާރިއާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގުގެ ހަރަކާތްތައް ހުއްޓުވުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ.

ރައީސް ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފެށުމުން ރައްޔިތުން އެދޭ ޖަޒީރާވަންތަ ތަރައްގީގެ ހިތްފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.