ފަނޑިޔާރުންގެ ރުހުންނެތި ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަމާއި ޚިލާފު ޣައިރު ދުސްތޫރީ އަމަލެއް ކަމަށް ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ނޫން ގޮތަކަށް ރުހުންނެތި، ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަމާ ހިލާފު ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.
ސުއޫދު މިހެން ވިދާޅުވެފައިވަނީ ދަށު ކޯޓުގެ ތިން ފަނޑިޔާރަކު އެހެން ކޯޓުތަކަށް ބަދަލުކޮށްފައި ވަނިކޮށެވެ.
އެގޮތުން ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމުގެ އުސޫލުގެ ދަށުން ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ކުރިމިނަލް ކޯޓަށް، ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދު ކުރިމިނަލް ކޯޓަށް، އަދި ކުރިމިނަލް ކޯޓުގެ ގާޒީ އަދާމް އާރިފް ޑްރަގް ކޯޓަށް ވަނީ އިއްޔެ ބަދަލުކޮށްފައެވެ.