މުހައްމަދު މުސްތަފާ (ތިމަރަފުށި)

ޕާޓީ ބަދަލުކުރުމަކީ ފާފައެއް ނޫން، އެއީ އަޚުލާގީ މައްސަލައެއް: މުސްތަފާ

ޕާޓީ ބަދަލުކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން ކަމަށާއި އެއީ އެމީހާގެ އަޚުލާގީ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީ ބަދަލުކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ބަޣާވާތްކޮށްފައިވާ މީހަކަށް ވޯޓުދީ އެމީހަކަށް ހިތްވަރުދިނުމަކީ ފާފަވެރިވާނެ ކަމެއް ކަމަށެވެ.

މުސްތަފާގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ބަޣާވާތްކޮށްފައިވާ މީހަކީ ދަންޖައްސަން ޖެހޭ މީހެއްކަމަށް ހުރިހާ ކިތާބީން އެއްބަސްވާ ކަމަށެވެ.