ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށްދިން ކަމުގެ ސެޓްފިކެޓް ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ރަޖިސްޓްރީކޮށްދީ، އެ ޕާޓީ ރަޖިސްޓްރީކޮށްދިން ކަމުގެ ސެޓްފިކެޓް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއާ ހަވާލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިރޭ މިކަަމަށް ހާއްސަކޮށް ބޭއްވުނު ހަފްލާއެއްގައި އިލެކްޝަންސްގެ ފަރާތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕާޓީ ރަޖިސްޓްރީކޮށްދިން ކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައި ވަނީ އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފެވެ.

މިދިޔަ އާދިއްތަ ދުވަހު ކޮންގްރެސް ޕާޓީން ވަނީ އެ ޕާޓީ އުފެއްދުމުގެ ގޮތުން ޖަލްސާއެއް ބާއްވައިފައެވެ. މި ޖަލްސާގައި ވަނީ އެޕާޓީގެ ކުލަ އާއި ލޯގޯ އިފްތިތާހުކޮށްފައެވެ.