އުތުރު ކޮރެއާގެ ދައުލަތަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ވަނީ ތަފާތު އެކި ހަރަކާތްތައް ބާއްވާފައެވެ. އެތައް ހާސް އާންމުން ވަނީ މަގުތަކަށް ނިކުމެ މިއުފަލުގައި ބައިވެރިވެފައެވެ. އުތުރު ކޮރެއާގެ މިލިޓަރީގެ ހެވިކަމާއި ކުޅިވަރުގެ އިތުރުން ދުނިޔޭގެ ނިއުކްލިއާ އެންމެ ބޮޑުބާރު ކަމަށް ބުނާ އުތުރު ކޮރެއާގެ މިލިޓަރީގެ އާލާތްތައް ވަނީ ދައްކައިލައިފަ އެވެ.
އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު ވަނީ ބޭރުގެ އެހެން ޤައުމުތަކުގެ މީޑިއާ ތަކަށްވެސް މިހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ދީފައެވެ. ނަމަވެސް ބޭރުގެ މީޑިއާތަކަށް ވަނީ ބޮޑެތި ހުރަސް ތަކެއް ކުރިމަތިވެފައެވެ. ކެމެރާ ކުރެވެނީ ވެސް ކޮރެއާގެ އޮފިޝަލުން އަންގާ ހިސާބުތަކެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ހުދުމުޙުތާރު ވެރިކަމެއް ކުރާކަމަށް އަބަދުވެސް ބުނަމުންދާ އުތުރުކޮރެއާއަކީ އަސްކަރީގޮތުން އަބަދުވެސް ހައިބަތު ދައްކަމުންދާ ގައުމެކެވެ. އަދިމިކަމަށް ތައްޔާރުވާން ދުރާލާ މަސައްކަތްވެސް ކުރެއެވެ. ބޭރުގެ ގައުމުތަކަށް ދައްކަން ބޭނުންވާ މަންޒަރު ރީތިކުރުމަށް ބުރަމަސައްކަތްތަކެއް ކުރެއެވެ.
އުތުރު ކޮރެއާގެ އަނިޔާތަކުން ސަލާމައް ވާން އެތައްބަޔަކު ފިލައިގެން ދެކުނު ކޮރެއާއަށް ދެއެވެ. މިގޮތައް ފިލައިގެންދާ މިހުންގެ ފަރާތުން އެމީހުންގެ ހާލަތު ހުންނަގޮތް އެންގިގެން ދެއެވެ. މީގެ 6އަހަރުކުރިން ދެކުނުކޮރެއާގައި ދިރިއުޅެމުންދާ ކިމް ޖި ޔޮންގް ވަނީ އޭނާގެ ތަޖުރިބާ ޙިއްސާކޮއްފައެވެ. ޖަޕާނުގެ އަޅުވެތިކަމުން މިނިވަންވި ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ބަޑިބޭހުގެ ކުޅިވަރުގައި ކިމް އަށް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. ހަމައެކަނި ކުރަން ޖެހުނު ކަމަކީ އަލިފާން ޓޯޗެއް ހިފަހިގެން ހިނގުމެވެ. ކިމް ބުނެފައި ވާގޮތުން މި ހަރަކާތަށް ފަރިތަކުރުމަށް 6 މަސް ދުވަސް ނެގިކަމަށެވެ. ކޮންމެ މީހަކުވެސް އަބަދުތިބެނީ ސަމާލުވެ ތައްޔާރުވެގެންނެވެ. ހިނގަމުން ދާއިރު ފައިންގަން ޖެހެނި ވަކި އުސްމިނަކަށެވެ. ހިނގަން ޖެހެނީ ވަކި ބާރުމިނެއްގައެވެ. ކިމް ބުނާގޮތުން ކަމެއް ގޯސް ވެއްޖެނަމަ އެމީހަކާ މެދު ހަރުކަށި ފިޔަވަޅު އަޅައެވެ.
70 އަހަރު ފާހަގަ ކުރަމުންދާ ކޮރެއާ އަކީ މިލިޓަރީ ގޮތުން ކިތަންމެ ވަރުގަދަ ގައުމަކަސް އިންތިހާއަށް ހުދުމުހުތާރު އަމަލުތައް ހިނގަމުންދާ ގައުމެކެވެ.މިކަމުގެ ސަބަބުން ބޭރުގެ ފިއްތުންތައް ދަނީ އިތުރުވަމުންނެވެ.