ކުއްލި ޚަބަރު

2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާކަން އިއުލާނުކޮށްފައިވަނީ މިރޭ އިލެކްޝަން ކޮމިޝަންގެ ލޯގޯއާއި ކުލަ އިފްތިތާހު ކުރުމަށް ކުރިއަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ.

"2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސިޔާސީ ޕާޓީތަކުންނާއި، އާންމު ފަރާތްތަކުން ވާދަކުރުމަށް އަޅުގަނޑު މި ފުރުސަތުގައި ހުޅުވާލަން،" އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.