ހަސަން އުގައިލް

ކަރަންޓު ކަނޑު އުޅަނދުތައް ބައްޓަންކޮށް ބޭނުންކުރުމާދިމާއަށް ދިވެހީން މިސްރާބު ހިފަން ޖެހޭ: ޕްރޮފެސަރު އުގެއިލު

އިބްރާހިމް ޒަކީ

ކަރަންޓު ކަނޑު އުޅަނދުތައް ބައްޓަންކޮށް ބޭނުންކުރަމާ ދިމާއަށް ދިވެހީން ވެސް މިސްރާބު ހިފަން އެބަ ޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގެއިލް މިހެން ވިދާޅުވީ، އިންޖީނަކާ ނުލައި ހުސް އެކަނި ކަރަންޓުން ދުއްވާ ގޮތަށް އުފައްދާފައިވާ ކާރަކާއެކު ކުރެއްވި ޓުވީޓެއްގައެވެ.

އުގެއިލް ވިދާޅުވީ، ކުރިއަރާފައިވާ ގައުމުތަކުގެ މަގުމަތިން މީގެ ދިހަވަރަކަށް އަހަރު ފަހުން ފެންނާނީ ހުސް އެބާވަތުގެ އުޅަނދުތައް ކަމަށެވެ.

ކަރަންޓު ކަނޑު އުޅަނދުތައް ބައްޓަންކޮށް ބޭނުން ކުރަމާއި ދިމާއަށް ދިވެހީން ވެސް މިސްރާބު ހިފަން އެބަ ޖެހޭކަން ފާހަގަ ކުރައްވައި ޕްރޮފެސަރު އުގެއިލް ވިދާޅުވީ، މިފަދަ ކުރިއެރުންތައް ގައުމަށް ގެނެވެން އޮތީ ތާޒާ އަދި އިހުލާސްތެރި ދިވެހި ސިކުނޑިތަކުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތައް ނަމޫނާއަކަށް ބަލައިގެން މަސައްކަތް ކުރަން ފަށާ ހިސާބުން ކަމަށެވެ.

ޕްރޮފެސަރު އުގެއިލް އަކީ ދުނިޔެއަށް އާ އުފެއްދުންތައް ތައާރަފު ކުރުމުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޔުނިވަސިޓިތަކުގައި ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ.