ޚަބަރު

ދިޔާނާ އުގެއިލަށް: ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުން ނަމަ އެކަށޭނެ ހިދުމަތެއް ކޮށްދެއްވާ!

ރިފާ ހަލީލު

3

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ނަމަ ރާއްޖެއަށް އެކަށޭނެ ހިދުމަތެއް ކޮށްދެއްވުމަށް ޕްރޮފެސަރު ހަސަން އުގައިލް އަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ގޮވާލައްވައިފި އެވެ.

ދިޔާނާ މިހެން ގޮވާލައްވާފައިވަނީ އުގެއިލް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާތީ އެވެ. އަދި ރާއްޖެއަށް ދިރިއުޅުއްވުން ބަދަލުކުރައްވާނެ ވާހަކަ ވިދާޅުވެފައި ވާތީ އެވެ.

ދިޔާނާ މިއަދު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާން ބޭނުންވެވަޑައިގަންނަވާ ނަމަ އެންމެ ފުރަތަމަ ވެސް ރާއްޖެއަށް އެކަށީގެން ވާ ހިދުމަތެއް ކޮށްދެއްވާން ޖެހޭ ކަމަށެވެ.

"ދޭތެރެއަކުން ރާއްޖެ ވަޑައިގެން ލައިބްރަރީއަކަށް ފޮތްކޮޅެއް ހަދިޔާކޮށްލައްވައި، ދެތިން ކަމެއް ކޮށްދެއްވުމަށްވުރެ ބޮޑު ހިދުމަތެއް ފެންނާން ޖެހޭ." ދިޔާނާ ވިދާޅުވި އެެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އިތުރު ސިޔާސީ ޕާޓީތައް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު ގުޅުން ގޯސްވެ ޕާޓީ ވަނީ ދެބަޔަށް ބައިވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟